ނ. މަނަދޫގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެރަށަށް ފުލުހުންގެ ހާއްސަ ޓީމެއް ހިނގައްޖެއެވެ.
ފުލުހުން މިއަދު ބުނީ އަންހެން މީހާގެ މަރުގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނީ މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން އަންނަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާ ކަމަށް އިއްޔެގެ 18:13 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެގެއަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ގެއަށް ދިއުމަށްފަހު އޭނާ ދިރިއުޅޭ ގޭގައި ހުންނަ އޭނާގެ ކޮޓަރީގެ ދޮރު ވައްޓާލާ ކޮޓަރިއަށް ވަތްއިރު އެމީހާ އޮތީ ބިންމައްޗަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ބިންމަތީގައި ވެއްޓިފައި އޮތްއިރު މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އަންނަނީ އެކަން ބަލަމުންނެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި