މިނިސްޓްރީ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ކ. ތިލަފުށި ސައިޓްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް އެސަރަހައްދުގެ ފަޅުތެރެ ހުސްކުރަން ބޭނުންވާތީ އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ދެ އުޅަނދެއްގެ ވެރިއަކު ހޯދުމަށް އާބަންކޯ އިން އިއުލާންކޮށްފިއެވެ.
އާބަންކޯ އިން ބުނީ 37 ފޫޓުގެ ލޯންޗަކާއި 65 ފޫޓް ދޯންޏެއް އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އާބަންކޯ އިން ވަނީ އެ ދެ އުޅަނދުގެ ފޮޓޯއެއް ވެސް އިއުލާނާއެކު ހިއްސާ ކޮށްފައެވެ.
އެކުންފުނިން ބުނީ އެ އުޅަނދުތަކުގެ ވެރިފަރާތެއްވާ ނަމަ އެ ކުންފުނީގެ ކޯލްސެންޓަރު ހޮޓްލައިން 1516 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް އެތަނުން ނެގުމަށް އެދޭ ކަމަށެވެ.
އެ މުއްދަތުގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލް" ގެ ދަށުން އެ ދެއުޅަނދާއި މެދު އަމަލުކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި