ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއެކު އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އެސްޓީއޯގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސައީދު އެވެ.
[caption id="attachment_49906" align="alignnone" width="1049"] ހެލްތު މިނިސްޓްރީ އަށް އެމްބިއުލާންސްތަކެއް ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އެސްޓީއޯ[/caption]
އެއްބަސްވުމުގެދަށުން ގެނެވޭ 20 އެމްބިއުލާންސް، 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެނެވި، މިނިސްޓްރީ އާއި ހަވާލު ކުރެވޭނެއެވެ.
އެސްޓީއޯ އިން މީގެ ކުރިންވެސް ވަނީ ހެލްތު މިނިސްޓްރީގެ އެދުމަށް، ސިއްހީ ދާއިރާއަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ފޯރުކޮށް ދީފައެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ