ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަމުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމުގައި ހިންގަމުން ދިޔަ ފޭކް އެކައުންޓެއް އުޅޭ ކަމަށް ސަރުކާރުން އާއްމުންގެ ސަމާލު ކަމަށް ގެނައުމާއެކު، ރައީސްގެ ފޭކް އިންސްޓަގްރާމް އެކައުންޓު “ގެއްލިއްޖެ”އެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް އުޅޭކަން ސަމާލު ކަމަށް ގެންނަވައިފައެވެ.
އަދި ރައީސް ބޭނުން ކުރައްވާ އިންސްޓަގްރާމް އެކައުންޓާއި ފޭކް އެކައުންޓުގެ ލިންކު ވެސް ހިއްސާ ކުރެއްވިއެވެ. ނަމަވެސް ފޭކް އެކައުންޓުގެ ލިންކަށް ފިތުމުން އެ އެކައުންޓެއް ނުފެނެއެވެ. އެ ލިންކަށް ފިތުމުން އަރަނީ އެ އެކައުންޓު މިހާރު ނެތް ކަމަށެވެ.
ފޭކް އެކައުންޓުގައި ހުރި ފޮޓޯތަކުގައި ރައީސްގެ އަސްލު އިންސްޓަގްރާމް އެކައުންޓުގައި ހުރި ފޮޓޯތައް ހިމެނެއެވެ.
ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އެހެން ބޭފުޅުންގެ ނަމުގައި މިހާރުވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ތަފާތު މީސްމީހުން ފޭކް އެކައުންޓުތައް ހިންގައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި