މިދިޔަ ހުކުރު ދުވަހު ނ. މަނަދޫގައި މަރާލާފައި އޮތް ނައީމާގެ މޫސާ މަރާލިތާ ފަސް ދުވަސް ވެގެން ދިޔައިރުވެސް އެ މައްސަލާ ގުޅިގެން އަދިވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
ނައީމާގެ މަރާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައި ވަނީ ނައީމާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިދިޔަ ހުކުރު ދުވަހު ރިޕޯޓު ކުރުމުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އަނިޔާތަކަކާއެކު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.
ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތުމުން ހަށިގަނޑު މިހާރު ވަނީ ވަޅުލައިފައެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު “ހަތާވީސް”އާ ވާހަކަދައްކަވަމުން ރޭ ބުނީ އެމީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި ކަރުވެސް ބުރި ކޮށްލުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެމީހާ ވެއްޓިފައި އޮތް ތަނުގައި ވަރަށް ބައިވަރު ލޭ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ