ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނަށް ދެ ދުވަސް ވެފައި ވަނިކޮށް އެ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްއެންޕީގެ ކެންޑިޑޭޓުގެ ޖަގަހައެއް އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒުގެ ކެމްޕެއިން ޖަގަހައަކަށް ބަދަލުވެއްޖެއެވެ.
އެމްއެންޕީގެ ޓިކެޓުގައި މި އިންތިހާބުގައި ވާދަކުރައްވަނީ އަލީ އާރިފެވެ. ގުރައިދޫގައި އަލީ އާރިފުގެ ދެ ޖަގަހައެއް ހުރެއެވެ.
މިތަނުން ޝާޒުގެ ޖަގަހައަކަށް ބަދަލުވީ އަލީ އާރިފަށް ތާއީދުކުރާ ޒުވާނުންގެ ޖަގަހައެވެ.
އެމްއެންޕީ ދޫކޮށް، ޝާޒްއަށް ތާއިދުކުރީ އޭނާގެ ކެމްޕެއިން ޓީމުން ކުރި މަސައްކަތުން ކަމަށާއި ޝާޒް ހޮވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވިގެން ކަމަށް ގުރައިދޫން “ހަތާވީސް”އާ ވާހަކަ ދެއްކި އެމްޑީޕީ އޮފިޝަލަކު ވިދާޅުވިއެވެ.
އެމްއެންޕީ އާއެކު އަަމަލީ ގޮތުން މަސައްކަތްކުރަމުން ދިޔަ ގުރައިދޫގެ ވިއްސަކަށް ޒުވާނުންވެސް ވަނީ ޝާޒްގެ ކެމްޕޭނާ ގުޅިފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުންވެސް ކެންޑިޑޭކު ނެރެއެވެ. އެ ކެންޑިޑޭޓަކީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ