އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންތަކެއް އެމްޓީސީސީން މާލެގައި ދެމުންދާ ބަހުގެ ހިދުމަތްތަކަށް ދަތިކޮށްފިއެވެ.
ޓްވިޓާގައި މީހަކު އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި އެ ޕާޓީގެ ދިދަ ހިފައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ބަޔަކު އަޑު އުފުލަމުން ދިޔަ މަންޒަރުއެވެ.
ރިންގު ރޯޑުގެ މެދުގައި، ފިޔާތޮށި ދިދައެއް ހިފައިގެން ހުރި އަންހެނަކު ދިޔައީ އާރްޓީއެލްގެ މިނީ ބަހެއްގެ ކުރިމައްޗަށް އަރައި، ދަތުރު ކުރުމަށް ހުރަސް އަޅަމުންނެވެ. އެއާ އެކު ބަހަށް އޮތީ ކުރިއަށް ނުދެވިފަ އެވެ.
https://twitter.com/kudanai/status/1646246034312679425
އޭނާ ފަޅިއަކަށް ޖެހިލުމުން މަޑު މަޑުން ބަސް ދުއްވާލަން މަސައްކަތް ކުރުމުން އަނެއްކާވެސް ބަސް ކުރިމަތީގައި ގޮސް ހުއްޓެއެވެ. އޭނާ ދިޔައީ އެކަން ތަކުރާރު ކުރަމުންނެވެ. އިރުކޮޅަކުން އެހެން އަންހެނަކު ބަސް ކުރިމައްޗަށް ހުއްޓި ވައްތަރު ޖައްސައި ހުރަސް އަޅާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ މީހުން ހުއްޓުވަން އޮފީސް ކުރިމަތީގައި ތިބި ބަޔަކު މަސައްކަތްކުރާ މަންޒަރެެއްވެސް ނުފެނެއެވެ. އެ ވީޑިއޯއަށް ކޮމެންޓުކުރި މީހަކު ބުނީ އެއީ ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް މިހާރު ދިމާވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ބަހުގެ ދަތުރުތަކަށް ބުރޫ އަރާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ