ރާއްޖެ އައި ބޭރު މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަނެއްކާވެސް އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ޕާކިސްތާނުގެ ކަރާޗީން ރާއްޖެ އައި 53 އަހަރުގެ ފިރިހެނަކާއި މެދު ޝައްކު ކުރެވިގެން އޭނާ ބަލައިފާސްކުރުމުގެ ތެރޭގައި 4.9 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ.
އެ ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭނާއާއި އޭނާ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ވަނީ ހަވާލު ކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އިއްޔެ ކަސްޓަމްސް އިން ވަނީ ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން ވެސް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި