މިއަހަރު ރަމަޟާން މަހުގެ އުމްރާ އަށް ރާއްޖެއިން ދިޔަ ދިވެހިންގެ ތެރެއިން މީހަކު ގެއްލިގެން ހޯދަން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.
ތާބިތް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު މައްކާ އަށް ދިޔަ ހއ. ހޯރަފުށީ/ނޫވިލާގެ، ފާތިމަތު ވަހީދާ ނަމަކަށް ކިޔާ މި އަންހެން މީހާ ގެއްލިގެން ހޯދަމުން އަންނަނީ ރޭގެ ދަމު ނަމާދަށް ފަހުއެވެ.
ތާބިތު ގްރޫޕުން ބުނީ އާއިލާގެ މެންބަރުންނާއެކު ދަމު ނަމާދަށް ދިޔަ ނަމަވެސް ވަހީދާގެ އަތްދަބަހާއި އެހެން ސާމާނުތައް ބެހެއްޓުމަށްފަހު އާއިލާގެ މެންބަރުންނާއި ދުރަށް ގޮސްފައިވާ ކަމަށާއި އަދި ފަހުން އަނބުރާ ހޮޓަލަށް ނާންނަ ކަމަށެވެ.
ނަމަވެސް މިހާރު ވަހީދާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ތާބިތް ގްރޫޕުން ބުންޏެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި