ރަމަޟާން މަސްތެރޭގައި ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށާއި، މައުލޫމާތު ފޯރުކޮށްދީ މިކަންކަމުގެ ތެރޭގައި މީހުން މަޝްއޫލުކުރުމުގެ މަގްސަދުގައި އަބަންކޯ އަދި އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން ބާއްވާ އައުޓްރީޗް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އާބަންކޯ އިން މިއަދު ބުނީ އެ ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން ފެށިގެން 5:30 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަލް ހިޖްރަ ޖަމިއްޔާ އިން ކުރިއަށްގެންދާ އެ ހަރަކާތުގައި، ކުޑަކުދިންނަށް ހާއްސަ ސެޝަންތަކުގެ އިތުރަށް ބޮޑެތި މީހުންނަށް ހާއްސަ ބައިތައް ވެސް އޮންނާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އެގޮތުން ސެންޓްރަލް ޕާކު ސަރަހައްދުގައި އެކި ސްޓޯލްތައް ހަދާފައި ހުންނަ އިރު އެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިން އާއި، ހީނާ އާޓް އަދި އެ ނޫން ވެސް ކުޑަކުދިންނާ ގުޅުންހުރި އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. ބޮޑެތި މީހުންނަށް ހާއްސަކޮށްގެން އެ ސަރަހައްދުގައި ދީނީ އިލްމު އުނގެނިފައިވާ ޝައިހުން ހަރަކާތްތެރިވާއިރު، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ މެދު ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
މީގެ އިތުރަށް އެ ހަރަކާތުގެ ތެރޭގައި ދީނީ އެކި ފޮތް އަދި ލީފްލެޓާއި، މުސްހަފް ވެސް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައެވެ.
އަލް ހިޖުރަ އަދި އާބަންކޯ ގުޅިގެން މިއަދު ބާއްވާ އެ ހަރަކާތުގެ އިތުރަށް ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން ބާއްވާ އައުޓްރީޗް ހަރަކާތެއް ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ