ހިޔާ ފްލެޓުތަކުގައި ސިނގިރޭޓް ފިލްޓަރުތަކުން ރޯވެ، އަލިފާނުގެ ހާދިސާ ހިނގުން އިތުވާތީ، އާބަންކޯއިން އިންޒާުރު ދީފިއެވެ.
މިރޭ އަލިފާނުގެ ހާދިސާ ހިނގީ ހިޔާ ފްލެޓުގެ ހަތް ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަންޏެއްގައެވެ. އެ އަލިފާނުގެ ހާދިސާ ހިނގީ ސިނގިރޭޓް ފިލްޓަރަކުން ކަމަަށް ވަނީ ބެލެވިފައެވެ. ރޯވީ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ. އެ ހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
އާބަންކޯގެ ޕީއާރު އެސިސްޓެންޓް މެނޭޖަރު އަހުމަދު މިމްރާހް "ހަތީވީސް" އަށް ވިދާޅުވީ އެކަންތައްކުރާ މީހުން ދެނެގަތުމަށް ފުލުހުންނާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.
"މިކަމާއި ގުޅިގެން އަޅަން ޖެހެ ހުރިހާ ފިޔަވަޅުތަކެއް އަޅާނަން. މިއީ ދޫކޮށްލާނެ ކަމެއް ނޫން" މިމްރާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އާބަންކޯއިން ކަށަވަރުކުރާނެ ކަމަށެވެ.
އާބަންކޯއިން ބުނީ ހިޔާ ފްލެޓުގެ ބެލްކަނިން ބޭރަށް ނުވަތަ ކޮރިޑޯއަށް އުނދަގޫވާ ގޮތަށް ވޭޕްކުރުމާއި ސިނގިރޭޓް ބުއިން އަދި އަޅިކެނޑުމަކީ މަނާކަމެއްކަން ފްލެޓުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
އެ އަމަލު ތަކުރާރުވާ މިންވަރާއި، އެއްބަސްވުމާ ހިލާފުވާ މިންވަރަށް ބަލައި، އެއް ހާސް ރުފިޔާއާ އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.
”މިފަދަ ހާދިސާތައް ތަހުގީގު ކުރުމަށްފަހު، ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ އުނިޓް އަތުލުމުގެ ފުރުސަތު އޮންނާނެއެވެ،” އާބަންކޯގެ ބަޔާނުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ