ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. މި ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުއްޓާއި އަދި ގުޅީގައި ވެސް އެއް ގަޑިއެއްގައި ވޯޓުލުން ވަނީ ފަށައިފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މެލޭޝިއާގައެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.
މި ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރަނީ އިބްރާހީމް ޝާޒެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ހުސައިން ރިޒާއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަލީ އަރީފެވެ.
މި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،000 ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ