މިއަދު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.
00ގައެވެ. މި ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުއްޓާއި އަދި ގުޅީގައި ވެސް އެއް ގަޑިއެއްގައި ވޯޓުލުން ވަނީ ފަށައިފައެވެ.
ވޯޓުލުން ބަންދު ކުރުމަށް އިލެކްޝަނުން ނިންމާފައި އޮތީ ހަވީރު 16:00 އަށެވެ. އެހެންނަމަވެސް އެ ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އެއީ ހަވީރު 17:00އާ ހަމައަށެވެ.
އެގޮތަށް އިލެކްޝަނުން ނިންމީ ބައި-އިލެކްޝަންގައި، ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތު މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ގިނަ ބަޔަކަށް ދަތިވުމުންނެވެ.
ގުރައިދޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3423 މީހުން ތިބިއިރު މިހާތަނަށް ވޯޓުލާފައި ވަނީ 1766 މީހުންނަށް ކަމަށް އިލެކްޝަނުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުތަކުގައިވެއެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓު މީހުން މިވަނީ ވޯޓު ލައިފައެވެ. ވޯޓުލާން ނުނިކުންނަ ނިސްބަތަކީ 48.41 ޕަސެންޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ