ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުން ބަންދުވިއިރު 80 ޕަސެންޓު މީހުން ވޯޓުލައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. މި ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުއްޓާއި އަދި ގުޅީގައި ވެސް އެއް ގަޑިއެއްގައި ވޯޓުލުން ވަނީ ފަށައިފައެވެ. ވޯޓުފޮށި ބަންދު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ 16:00ގައެވެ. ނަމަވެސް ވޯޓުލީ ވަގުތު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވޯޓުލުން ބަންދުކުރީ 17:00 ގައެވެ.
ގުރައިދޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3423 މީހަކަށް ލިބިފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން ބަންދުކުރިއިރު 2755 މީހަކަށް ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 80.48 ޕަސެންޓު މީހުންނެވެ. ވޯޓުލާން ނިކުމެފައި ނުވާ މީހުންގެ ނިސްބަތަކީ 19.52 ޕަސެންޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށެވެ. އެގޮތުން ހުރިހާ މަރުކަޒެއްގައި ވެސް ވޯޓު ގުނަން ފަށާނީ އެއް ވަގުތެއްގައި ކަމަށާއި އެއީ 18:30 ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ