މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒު އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
ޝާޒު އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިންތިހާބުން ހާމަވެގެން ދިޔައީ ސަރުކާރާއެކު ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބިކަން ކަމަށެވެ.
”ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް،” ރައީސް ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒު ކާމިޔާބު ކުރެއްވީ 50 ޕަސެންޓުންނެވެ. އެއީ އޭނާއާ އެންމެ ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓާ އަޅާބަލާއިރު 113 ވޯޓުގެ ތަފާތުންނެވެ.
އިންތިހާބުގައި ޝާޒުއާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ އައި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ. މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ރިޒާއެވެ. ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ