ތިލަމާލެ ބުރިޖު ނިންމަންޖެހޭ މުއްދަތު އިތުރުކޮށްފައިނުވާނެ ކަމަށް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރާ އެފްކޮންސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާރު ވެސް އިނީ ކުރިން ވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށެވެ.
"އަޅުގަނޑު ހަނދާނަކަށް ނާދޭ، [ބުރިޖު] ނިންމާނެ މާ ގިނަ ތާރީހުތަކެއް އަޅުގަނޑު ދީފައި އިން ހަނދާނެއް. ކޮންޓްރެކްޓުގައި އިން މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން އަދިވެސް ކޮންޓްރެކްޓު އިނީ. އަދިއެއް އަޅުގަނޑުމެން އިތުރަށް ޓައިމް އެކްސަންޝަނެއް ދީ އެ ޒާތުގެ ކަމެއް ނުކުރަން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އެހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. "ބްރިޖު ނިންމަން އިތުރު ތާރީހެއް ދެއްވަފާނަންތޯ" ވިދާޅުވެ ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ.
ބްރިޖު މަސައްކަތް ހިނގާނެ ގޮތް
މިއަހަރުގެ ޑިސެމްބަރު މަހު ބްރިޖު މާލެއިން ގުޅިފަޅަށް ނިންމާލެވޭނެ
އޭރުން ބްރިޖު ހުރަސްކޮށް މާލެއިން ވިލިމާލެއަށް ދަތުރުކުރެވޭނެ
އަންނަ އަހަރު މުޅި ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ
އިންޑިއާގެ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ތިލަމާލެ ބުރިޖު އަޅަމުންދާ އެފްކޮންސް ކުންފުނީގެ މައި ކުންފުނި އެސްޕީ ގްރޫޕުން އަންނަނީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެފްކޯންސް ވިއްކާލަން އުޅޭތީ، އެ ކުންފުނިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް ހުއްޓިދާނެތޯ މެމްބަރުން މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
އެކަމާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ އެސްޕީ ގްރޫޕުގެ ހިއްސާވިއްކާލުމުގެ ކަންކަން ހިނގަމުންދާކަމަށާއި ނަމަވެސް ބުރިޖުގެ މަޝްރޫއަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށެވެ.
"މިއީ އަލަށް ދުނިޔޭގައި ހިނގާ ކަމެއް ނޫން. އަޅުގަނޑު މިސާލެއް ދަންނަވާލަފާނަން ދިވެހިރާއްޖޭގައި ސީޕްލެއިން އޮޕަރޭޓަރު ކިތަންމެ ފަހަރަކު އޯނާސް ބަދަލުވެއްޖެ. މިތާންގެ ސީޕްލެއިން އޮޕަރޭޝަނަކަށެއް އިންޓްރަޕްޝަނެއް ނާދޭ. ހުރިހާ ކަމެއް ހިނގައިދިޔައިރު ވެސް،" އަސްލަމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ