ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ވަރުން ތިބެން ޖެހެނީ އޯވަލޯޑުވާ ހިސާބުގައި ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް މިފަދައިން ވިދާޅުވީ ވެލިދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެންބަރުން ވަނީ ޅޮހީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުން ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި އަސްލަމް ވަނީ ބައެއް ރަށްރަށުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ލަސްވާ ބައިވަރު އަދި އެކި ސަބަބުތައް ހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަސައްކަތަކީ ދެފުށް ފެންނަ ގޮތަކަށް ކުރަންޖެހޭ މަސައްކަތަކަށް ވާތީ އެކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހުންނަ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންސަލްޓޭޓިވް ޕްރޮސެސް އަދި އީއައިއޭ އަށް ވަގުތު ހޭދަވާ ކަމަށެވެ.
"އަނެއް ކަމަކީ ކެޕޭސިޓީ. އަޅުގަނޑުމެންގެ ކެޕޭސިޓީ މަސައްކަތް ކުރުމުގައި. އެމްޓީސީސީ ވިޔަސް އަދި އެހެން ކުންފުނިތައް ވިޔަސް މިހާރު ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ވަރުން މި ތިބީ އޯވަލޯޑު ވާ ހިސާބުގައި،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުގެ މާލީ ހާލަތު ބައެއް ފަހަރު ހުންނަ ގޮތުން ވެސް މަސައްކަތްތައް ލަސްވުމުގައި ދަތިތަކެއް ހުންނަ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް