ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސައުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުހައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންއާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސައުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުހަބާ ކިޔާފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސައުދީ އަރަބިއާގެ ވަފުދުގެ އެ ބައްދަލުވުންތަކަކީ މާޗް 2021ގައި އިއުލާނު ކުރެވުނު ސައުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022ގައި ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އ.ދ. އިން އިޢުލާނު ކުރީއްސުރެ އެގައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ފާހަގަކޮށްފައެވެ.
ރާއްޖޭގެ ބަޔާނުގައި ވަނީ ޔަމަނުގައި ތަރައްގީ އާއި ފާގަތިކަމާއި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ގާނޫނީ ސަރުކާރަށާއި ހޫތީންނަށް ގޮވާލާފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި