ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 9ވަނަ ދުވަހުން ފެށިގެން 15ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެ އިން 148 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.
މީގެތެރެއިން 100 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ރަށްރަށުން 11 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިއީ ރާއްޖޭގައި ކޮވިޑު ކޮންޓްރޯލްވި ފަހުން މިއަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ގިނައިން ޕޮޒިޓިވްބީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
އެޗްޕީއޭގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 28 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މިދިޔަ ހަފްތާގައި އެޗްޕީއޭ އިން ވަނީ ރާއްޖޭގައި ކޮވިޑު އަނެއްކާވެސް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ