އަރބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޖުމްލަ ހަ ދާއިރާއަކުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލެވިފައިވާއިރު، ޖުމްލަ 100 ބައިވެރިންނަށް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.
އެއީ އާންމުންގެ ތެރެއިން 82 ފަރާތާއި އަރބަންކޯގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ 18 ޖާގައެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތަށް:
- ފިޝަރީޒް އެންޑް އެގްރިކަލްޗަރ
- ސޯޝަލް ސެކްޓަރ
- އައިސީޓީ
- ޓްރާންސްޕޯޓް ސެކްޓަރ
- ޓުއަރިޒަމް ސެކްޓަރ
- ކޮންސްޓްރަކްޝަން ސެކްޓަ
މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނިގެންދާއިރު، ދަނޑުވެރިކަމާއި، ކޮމްޕިއުޓަރ ހާޑްވެއަރ، ހެވީ ވެހިކަލް އޮޕަރޭޝަންސް، އަދި ވެލްޑިންއާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާވެސް ލިބިގެންދާނެއެވެ. އަދި 6 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޚާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000ރ ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މި އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާއިރު، މީގެ ބައިވެރިންނަށް ސެޓްފިކެޓު ހާސިލްވުމާއި އެކު، ހޮވޭ ފަރާތްތަކަށް އަރބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ