ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ "ފިކުރެއްގެ ދިރުން"އަށް ތާއިދުކޮށް، ޓްވީޓު ކުރަމުންދާ ހަސަން ކުރުސީ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓާހުރެ އިންތިހާއަށް ގެއްލުންވަމުންދާ ކަމަށާއި އެ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންފިއެވެ.
އެކަމަށް އެދިވަޑައިގެން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރައީސް މުހައްމަދު ނަޝީދު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގެ ކޮޕީއެއް ނަޝީދު ވަނީ ޓްވީޓު ކުރައްވާފައެވެ.
https://twitter.com/MohamedNasheed/status/1648215991934124033?s=20
އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުންތަކެއް އަރަމުންދާ ކަމަށެވެ.
"އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ޓްވިޓަރ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދި ދެންނެވީމެވެ." ނަޝީދުގެ ސިޓީގައިވެއެވެ.
ކުރުސީ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ތާއިދުކޮށް ކުރުސީގެ އެކައުންޓުން ޓްވީޓުތަކެއްކޮށްފައި ވަނިކޮށެވެ. ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކޮށް، އެމަނިކުފާނުގެ ސިޔާސަތުތައް ދިފާއުކޮށް ޓްވިޓާގައި ވާހަކަ ދައްކަމުންދާ ކުރުސީ ވަނީ ބައި އިލެކްޝަނަށް ފަހު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްއަށް މަރުހަބާ ވިދާޅުވެ، އޭނާ ފިކުރެއްގެ ދިރުމާ ގުޅުމަށް ހުށަހަޅުއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ