މިއަހަރުގެ ރަމަޟާންމަހުގެ 25އާ ހަމައަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުލްމަ 6،108،560 ރުފިޔާ ލިބިފައިވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް ފިތުރު ޒަކާތުގެ ގޮތުގައި ރަމަޟާންމަހުގެ 25އާ ހަމައަށް ލިބުނު އަދަދުތައް ވެސް އިސްލާއިމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
https://twitter.com/MVIaffairs/status/1648588680490258432?s=20
ފިތުރު ޒަކާތް:
ފިޠުރު ޒަކާތަކީ ފަރުޟުކުރައްވާފައިވާ ކަމެކެވެ. އެއީ ކޮންމެ މުސްލިމަކު ކުރުން ލާޒިމްކަމެކެވެ. ތިމާ އާއި އެ މީހަކު ޚަރަދުކުރަން ޖެހޭ މީހުން ޢީދު ވިލޭރެ އާއި، ޢީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާ ޚަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ފަޤީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ އެއްޗެކެވެ.
ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުން ބަންޑޭރިޕޭއިން މިހާރު ވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ގޮވާމުގެ ބާވަތްތަކުން މާދަމާގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
https://twitter.com/MVIaffairs/status/1648229274883866624?s=20
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ