ރަމަޟާންމަހުގެ ފަހު ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އޮންލައިންކޮށް ފިޠުރުޒަކާތް ހަމައެކަނި މިހާރު ދެއްކޭނީ ބަނޑޭރިޕޭއިން އެކަނި ކަމަށެވެ. ބޭންކުތަކާއި މުވާސަލާތީ ހިދުމަތްދޭ ނެޓްވޯކުތައް މެދުވެރިކޮށް ޒަކާތް ދެއްކުން އިއްޔެ އިން ފެށިގެން ވަނީ ހުއްޓާލާފައެވެ.
ބަނޑޭރި ޕޭ އިން ޒަކާތް ދެއްކުމަށް https://bandeyripay.finance.gov.mv ވެބްސައިޓަށް ޒިޔާރަތްކޮށް، އިސްލާމިކް މިނިސްޓްރީ ސެލެކްޓު ކުރުމަށްފަހު، ފިތުރު ޒަކާތް ދައްކާނީއެވެ. އަދި ޒަކާތުގެ ފައިސާ ދޭން ބޭނުންވާ އަތޮޅު ވެސް އިހްތިޔާޒު ކުރެވޭނެއެވެ.
ފިތުރު ޒަކާތް:
ފިޠުރު ޒަކާތަކީ ފަރުޟުކުރައްވާފައިވާ ކަމެކެވެ. އެއީ ކޮންމެ މުސްލިމަކު ކުރުން ލާޒިމްކަމެކެވެ. ތިމާ އާއި އެ މީހަކު ޚަރަދުކުރަން ޖެހޭ މީހުން ޢީދު ވިލޭރެ އާއި، ޢީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާ ޚަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ފަޤީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ އެއްޗެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ