މާލެ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިތުރު ޒަކާތް ބެހުން ކުރިއަށް ދާނީ މިއަދާއި އަދި މާދަމާގެ ނިޔަލަށް މަޖީދިއްޔާ ސްކޫލާއި ސަލާހުއްދީން ސްކޫލުގެ ހޯލުގައި ކަމަށެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މާލެ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަހަން ފެށިއިރު މިއަހަރުގެ ރަމަޟާން މަހުގެ 25ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި