މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނާޒިމް އައްޔަން ކުރައްވައިފިއެވެ.
ޝިޕިން ކުންފުނީގެ އެމްޑީގެ މަގާމަށް ނާޒިމް އައްޔަން ކުރައްވާފައި މިވަނީ ކުރިން އެ މަގާމުހައި ހުންނެވި ސައީދު އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.
ނާޒިމަކީ މެރިޓައިމްގެ ދާއިރާ އިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޝިޕިން ކުންފުނީގައި ނާޒިމް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ.
އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ އެކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި