މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒު، މެންބަރުކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒު މަޤާމުގެ ހުވާކުރައްވާނީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. އަދި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މަޖިލިސް އިދާރާ އިން ބުންޏެވެ.
ދެހާސް ހަސްތޭކަ ނުވަދިހަ ހަތަރު މީހުން ވޯޓުލި މި އިންތިހާބުގައި ޝާޒު އަށް ވަނީ 1346 ވޯޓު ލިބިވަޑައިގެންފައެވެ. ޝާޒުއާ އެންމެ ގާތުން މި އިންތިހާބުގައި ވޯޓުން ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި އަލީ އަރީފަށް ލިބިވަޑައިގަތީ 126 ވޯޓެވެ.
މި އިންތިހާބު ކާމިޔާބު ކުރެއްވި ޝާޒު، އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 50 ޕަސެންޓު ވޯޓުންނެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު “ހަތާވީސް” އަށް ދެއްވި އިންޓަވިއުއެއްގައި ޝާޒު ވިދާޅުވީ ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވެގެން ދިޔުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާވު ކުރައްވާނެ ކަމުގެ ހެއްކެއް ކަމަށެވެ.
“މިއީ ގުރައިދޫ ދާއިރާގެ ތާރިހު ބަދަކޮށްލި ރެއެއް، މި ނަތިއްޖާ މިގޮތަށް ނިކުމެގެން މި ދިޔައީ އަޅުގަނޑަށް އެހީތެރިވެދިން އެންމެހާ ބޭފުޅުންގެ މަސައަކަތުން” މި ނޫހާ ވާހަކަ ދައްކަމުން ޝާޒް ވިދާޅުވިއެވެ.
މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ރިޒާއެވެ. ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ