މިއަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިމަހުގެ ހަވަނަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގެ ދަށުން 1444 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ހުއްދަ ދީފައިވާ ތިން ކުންފުންޏަކީ އަލްހަރަމައިން ޙައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ހައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. މިއިން ކޮންމެ ކުންފުންޏަކަށް ވެސް ދީފައި ވަނީ 90 ކޯޓާއެވެ.
ހުއްދަ ދިން ކުންފުނިތަކުގެ އަގުތައް:
އަލްހަރަމައިން ހައްޖު އެންޑް އުމްރާ: 75،250 ރުފިޔާ
ސިސިލްފަރު ހައްޖު އެންޑް އުމްރާ: 75،465 ރުފިޔާ
އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް: 75،000 ރުފިޔާ
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށެވެ.
ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާ ކަމެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސައުދީ ސަރުކާރުން މިއަހަރު ރާއްޖެ އަށް ވަނީ ކޮވިޑް19 ގެ ކުރިން ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ދެމުން ގެންދިޔަ އަދަދަށް ކޯޓާ ދީފައެވެ. އެއީ 1،000 ހައްޖު ކޯޓާއެވެ. ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ