ތ. ގުރައިދޫ މިސްކިތު ފާރުގައި ރީނދޫ ކުލަލުމުން، ބަޔަކު ނިކުމެ އެ މިސްކިތުގެ ފާރުގެ ކުލަ ބަދަލުކޮށްފިއެވެ.
ގުރައިދޫއަކީ ޒަމާނުއްސުރެ، “ޕީޕީއެމްގެ ރަށެކެވެ.” ޑީއާރްޕީގެ “ރަން“ ދުވަސްވަރުން ފެށިގެން މި ރަށަކީ އެމްޑީޕީއާ ވާދަވެރިކަން ބޮޑު ރަށެކެވެ. ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ޕީޕީއެމަށެވެ. މަޖިލީހުގައި އެ ރަށް ތަމްސީލުކުރަނީ ވެސް ޕީޕީއެމްގެ މެމްބަރު، ޣައްސާން މައުމޫނެވެ.
އެހެންކަމުން މި ރަށުގެ ޕީޕީއެމް ބައެއް މީހުން ރީނދޫކުލައަށް ނަފްރަތުކުރެއެވެ. އެއީ އެމްޑީޕީގެ ރަސްމީ ކުލައަށްވާތީއެވެ.
[caption id="attachment_49877" align="alignnone" width="1024"] ތ. ގުރައިދޫ މިސްކިތު ފާރުގައި ކުލަލާފައި[/caption]
އެރަށުގެ މިސްކިތުގައި ރީނދޫކުލަ ލާފައި ވަނީ ރަމަޟާން މަހާ ދިމާކޮށެވެ. އެ މަސައްކަތް ކޮށްފައި ވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮތް އެރަށުގެ ކައުންސިލުންނެވެ. ރީނދޫކުލަ ލުމުން ރަށު ކައުންސިލަށް ގޮސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެކަން ބޮޑު މައްސަލައަކަށް ބައެއް މީހުން ހެދިއެވެ.
މިއަދު "ހަތާވީސް" އަށް ލިބިފައިވާ ފޮޓޯތަކުން ފެނިފައިވާ ގޮތުގައި އެ ރަށު މިސްކިތުގައި ލާފައިވާ ރީނދޫ ކުލަ މިހާރު ވަނީ ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކޮށްފައި ވަނީ އެރަށުގެ ޕީޕީއެމަށް ނިސްބަތްވާ ބަޔަކުއެވެ.
[caption id="attachment_50352" align="alignnone" width="1024"] ތ. ގުރައިދޫ މިސްކިތުގެ ފާރުގައި ރީނދޫކުލަ ލާފައި ހުރުމުން ބަޔަކު ނިކުމެ މިސްކިތު ފާރުގެ ކުލަ ބަދަލު ކޮށްފައި ---[/caption]
ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދުއާ މި ނޫހުން ގުޅާލުމުން ފަހުން ގުޅާލައްވާނެ ކަމަށް ވިދާޅުވެ ފޯނު ބޭއްވިއެވެ. ކޮމެންޓެއް ނުކުރައްވައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ