ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގީ ހުޅުމާޅެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެން މީހާ އަށް އަނިޔާވި ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު ފަހުން ފުލުހުން ބުނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ޒުވާނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި