ފިލްމާއި ވެބް ސީރީޒްތައް ގެނެސްދެމުން އަންނަ އޮންލައިން ޕްލެޓްފޯމް، “ބައިސްކޯފް” މެދުވެރިކޮށް ލޯކަލް ޗެނަލްތައް ގެނެސްދިނުން ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަން އިން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައިސްކޯފް މެދުވެެރިކޮށް ރާއްޖޭގެ ބައެއް ލޯކަލް ޗެނަލްތައް އަންނަނީ ދައްކަމުންނެވެ. ނަމަވެސް ލޯކަލް ޗެނަލްތައް އެގޮތަށް ދެއްކޭނީ ބްރޯޑްކޮމް އިން ދޭ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ.
އެނގިފައިވާ ގޮތުގައި ބައިސްކޯފް އިން އެ ހިދުމަތް ދެނީ ރީބްރޯޑްކާސްޓިން ލައިސަންސް ނުނަގައެވެ.
ނަމަވެސް ބްރޯޑްކޮމް އިން ބައިސްކޯފަށް ފޮނުވި ސިޓީގައި އޮތީ ބައިސްކޯފް ޕްލެޓްފޯމް ހުއްޓާލުމަށެވެ. އެހެން އިބާރާތް ކުރެވިފައި އޮތީ އޮޅުމަކުން ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.
އަދި މިހާރު ބައިސްކޯފަށް ވަނީ ސިޓީގެ އިބާރާތް ރަނގަޅު ކުރުމަށް ފަހު އަލުން ފޮނުވާފައި ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ