މި އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ބުނީ މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާ ކޮށްފައިވާ ކަމަށެވެ.
މިއަހަރު ޒަކާތް ދައްކާފައި ވަނީ 1،75،485 މީހުންނެވެ. ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ 8،446 މީހުންގެ ތެރެއިން، މާލެ ސިޓީން 1736 މީހުންނަށް، ބޮލަކަށް 3،450 ރުފިޔާ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ޖަމާކޮށްފައި ވަނީ އިއްޔެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރުވެސް ފިތުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު އިއްޔެގެ ނިޔަލަށް ފިތުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ކިލޯ ކަމަށެވެ.
ފިތުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް އިއްޔެ ބަހާ ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ