ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިފާ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ޝާޒު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި އެވެ.
އޭނާއާ އެކު އެމްޑީޕީ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 68އަށް އަރާފައެވެ.
[caption id="attachment_50535" align="alignnone" width="1600"] މެމްބަރުކަމުގެ ހުވާ ކުރައްވަނީ: ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ދަނޑިޔާރު އައިޝަތު ސުޖޫން-- ފޮޓޯ/ މަޖިލިސް[/caption]
ނަވާރަ ވަނަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ 65 މެމްބަރުންނެވެ. އަމިއްލަ ގޮތުން އިންތިހާބުވި ސައުދު ހުސައިން އާއި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ. އެ ދެ މެމްބަރުންނާ އެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 67އަށް އެރިއެވެ. އަދި ޝާޒް އިންތިހާބުވުމާ އެކު 68އަށް އެ އަދަދު ވަނީ އިތުރުވެފައެވެ.
ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓާ ވާދަކޮށް، ވޯޓުލީ މީހުންގެ 50 ޕަސެންޓް ހޯއްދަވައިގެންނެވެ.
[caption id="attachment_50536" align="alignnone" width="1280"] ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑީގައި އިބްރާހިމް ޝާޒް-- ފޮޓޯ/ މަޖިލިސް[/caption]
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ