ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅަކުން ފީއެއް ނެގުމަށް ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މާނަ ކޮށްފައި ވާތީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ، އިސްލާޙަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ސައްލެ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުގެ މައްސަލަ ހައްލު ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބޭނުންކުރާ ދެ ސްޓްރެޓެޖީއެއް ރާއްޖޭގައިވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އޭގެތެރެއިން އެއް ސްޓްރެޓެޖީ އަކީ ބައެއް ބާވަތްތަކުގެ ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކުރުން އެއްކޮށް މަނާ ކުރުން ކަމަށާއި އަނެއް ސްޓްރެޓެޖީ އަކީ ކޮތަޅުން ފީއެއް ނެގުންކަން ސައްލެ ފާހަގަކުރެއްވިއެވެ.
"ދެ ރުފިޔާގެ ފީ ކިއުމަލޭޓިވް އެއްޗެއްގެ ގޮތުގައި އަންނަން ފެށުން. މިސާލަކަށް މާލޭގައި ހޯލްސޭލްކޮށް ޕްލާސްޓިކް ކޮތަޅު ގަނެގެން އަޅުގަނޑުމެން ރަށުގެ ކަންމަތީ ފިހާރައަކާއި ހަމައަށް ދާއިރުގައި ފަސް ޕޮއިންޓެއް އެބަ ހުސްކުރޭ. އެއިން ކޮންމެ ޕޮއިންޓަކުން ދެ ރުފިޔާ އެއަށް އެޑުވަމުން ދަންޏާ އަޅުގަނޑުމެން ރަށުގެ ކަންމަތީ ފިހާރައަކުން ޕްލާސްޓިކް ކޮތަޅެއް މި ވިއްކަން ޖެހެނީ 10 ރުފިޔާ އަށް. މި މައްސަލަ މި ދިމާވީ ގާނޫނުގައި އޮތް ކަމެއްގެ ސަބަބުން ކަމަކަށް އަޅުގަނޑަށް ގަބޫލުކުރަން ދަތި. މިއީ ސީދާ މީރާ އިން މި ގާނޫނު ތަރުޖަމާ ކުރި ގޮތަކުން ނިކުތް ނަތީޖާއެއް،" ސައްލެ ވިދާޅުވިއެވެ.
ސައްލެގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ގާނޫނު މާނަ ކުރުމުގެ ފުރުސަތުވެސް މީރާ އަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ފުރުސަތު އޮވެމެ އެނޫން ގޮތަކަށް ގާނޫނު މާނަ ކުރީ ކީއްވެތޯ ސައްލެ ވަނީ ސުވާލު އުފައްދަވައިފައެވެ.
"ކޮންމެއަކަސް އަޅުގަނޑުމެންނަށް ގެއްލުންވާ ގޮތަށް މީރާ އިން ގާނޫނު މާނަކުރީ،" ސައްލެ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ