ހުޅުމާލެ އިން ކުޅިވަރުގެ ކަންކަމަށް ހާއްސަކޮށް، ޔޫތު މިނިސްޓްރީ އަށް ބިމެއް ދީފިއެވެ.
އާބަންކޯ އިން މިރޭ ބުނީ ހުޅުމާލެ އަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެ ކުންފުނިން ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ޔޫތު މިނިސްޓްރީ އަށް ބިމެއް ދީފައި ވަނީ އެގޮތުގެ މަތީންނެވެ. އާބަންކޯ އިން މިއަދު ވަނީ ޔޫތު މިނިސްޓްރީ އަށް އެ ބިން ހަވާލުކޮށްފައެވެ.
އެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފްއެވެ.
ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ ބިމެކެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި