ޕްލާސްޓިކް ކޮތަަޅުން ނަގާ ފީ އާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަށް ގޮތެއް ނުނިންމާ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާ ޗުއްޓީ އަށް ހިނގައްޖެއެވެ.
މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ކޮތަަޅުން ފީ ނެގުމުގެ ވާހަކައެވެ. ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮންމެ ކޮތަޅަކަަށް ދެ ރުފިޔާ އަންނަނީ ނަގަމުންނެވެ.
މިކަމުގައި ދިމާވާ އެންމެ ބޮޑު ފާޑު ކިޔުމަކީ ގިނަ ގަނޑުކޮށް ކޮތަޅު ރާއްޖެ ގެންނަ ހިސާބުން ކަންމަތީ ފިހާރަތަކާއި ހަމައިން ކޮތަޅަށް ފައިސާ ނަގަމުން ދާތީ އަންނަ ފާޑުކިޔުމެވެ.
ނަމަވެސް ސަރުކާރުން ވަނީ އެކަން ހައްލު ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ. އެ އިސްލާހު ފާސް ކުރުމަށްފަހު މަޖިލިސް ޗުއްޓީ އަށް ދިއުމަަށް ބައެއް މެންބަރުން އެދުނެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުން އިއްޔެ ވަނީ މަޖިލިސް ޗުއްޓީ އަށް ދާނެ ކަމަށް ވިދާޅުވެފައެވެ. މަޖިލިސް ރައީސް ނަޝީދު ވަނީ އެ މައްސަލަ އަކީ އަވަސް އަރުވާލައިގެން ނިންމަން ޖެހޭ މައްސަލައެއް ކަމަަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
މަޖިލިސް ދެން ފެށޭނީ އަންނަ ޖޫން މަހުއެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ