ގއ. ވިލިގިލީގައި ދުވާ ޓްރެކެއް އަޅަން ރޯޑް ޑިވޮލޮޕްމެންޓް ކުންފުނި (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން އެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަދު، އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ފުއާދުއެވެ. އެ ރަސްމިއްޔާތުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކޯޕަރޭޓް އެފެއާޒުގެ އަހުމަދު ޝިހާދެވެ.
https://twitter.com/rdcmaldives/status/1651478968196030464?s=46&t=xapWNGbbfBd0uN9xb5fzNA
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 45 ދުވަސް (ދޮޅު މަސް ދުވަހުގެ ތެރޭގައި) ނިންމާ ގޮތަށެވެ.
ސަރުކާރުގެ ބަޖެޓުން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިގިލި ސްޕޯޓްސް ޕާކެއް ތަރައްގީ ކުރާނެއެވެ. އެ މަސައްކަތުގެ ދަށުން ޓްރެކް ދަނޑު ބިންލެވެލްކޮށް ޓްރެކް އަޅާއި އެތްލެޓިކްސް މުބާރާތް ބޭއްވޭ ވަރަށް ތަރައްގީ ކުރުން ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ