މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު، ހަބަރު އޮންލައިންގެ ފަރާތުން ވާދަކުރެއްވި އަލީ އާދަމް ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި އަލީ އާދަމް އާއި ދެން ވާދަކުރެއްވީ “ލުއި” ގެ ފަރާތުން އަހްމަދު މުޖުތަބާއެވެ.
އަލީ މި އިންތިހާބު ކާމިޔާބު ކުރެއްވީ 64 މީޑިއާގެ ވޯޓުންނެވެ. މުޖުތަބާ އަށް ލިބުނީ އަށް ވޯޓެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން މީޑިއާގައި މަސައްކަތް ކުރަން ފެށި އަލީ އެ މަސައްކަތް ރަސްމީކޮށް ފެށީ “ދިޓީވީ” އިންނެވެ. އޭގެފަހުން އަލީގެ އުފަން ރަށް ކުޅުދުއްފުށި ސިޓީގެ އޮންލައިނެއް ކަމަށްވާ “ކުޅުދުއްފުށި އޮންލައިން” ގައި ވެސް މަސައްކަތް ކުރިއެވެ.
އަލީ އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައި ވަނީ ދައުލަތުގެ މީޑިއާ “ޕީއެސްއެމް” ގައެވެ. ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އަލީ ވަނީ “ޕީއެސްއެމް ނިއުސް” ގެ ޕްރޮޑަކްޝަން ހެޑެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.
އަލީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގައި އުފެއްދި ފުރަތަމަ ބިޒްނަސް ޗެނަލްގައި ޕްރޮޑަކްޝަން އާޓިސްޓެއްގެ ގޮތުގައެވެ.
އަލީ އާދަމްގެ އިތުރުން އާއްމުންގެ ފަރާތުން އެމްއެމްސީ އަށް ދެ މެންބަރަކު ވަނީ އިންތިހާބު ކޮށްފައެވެ. އެއީ ޖައިލަ ތައުފީގާއި އަލީ އިސްމާއިލެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ