މާފަރު އެއާޕޯޓަށް ޖެޓް ފިއުލް ސަޕްލައިކުރަން އެސްޓީއޯގެ ހާއްސަ ބާޖެއް ގެނެސްފިއެވެ.
އެ ކުންފުނިން ގެނައި “ލަގަނާ” ބާޖަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފެށޭ ޑެޑިކޭޓެޑް ޖެޓް ފިއުލް ބާޖެކެވެ. މިއީ އެސްޓީއޯ އާއޮ އައިލެންޑް އޭވިއޭޝަން ސާވިސަސް އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓައް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަ ކުރެވިގެން ކޮމިޝަން ކުރެވުނު ބާޖެކެވެ.
އެސްޓީއޯ އިން ބުނީ މި ބާޖް ތައްޔާރު ކުރެވުނީ ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރި ކަމާ އެކު، ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ.
އަދި މިއީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ އުޅަދެއް ކަމަށާއި މިބާޖަކީ ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ކޮމިޝަންކޮށްފައިވާ އުޅަނދެއް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިއީ ރާއްޖޭގައި ފުރަތަމަފަހަރަށް ކުރެވުނުކަމެކެވެ. މި ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނައިރު، ޒަމާނީ މިނެކިރުމުގެ އާލާތްތައް ބެހެއްޓިފައި ހުންނާނެއެވެ.
އައު ބާޖާއެކު އުޅަނދުގެ ކްރޫންނަށް ވަނީ އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއާއި އެކު އެސްޓީއޯ އިން ވަނީ އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސް އާއި އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީ އިން ފެށިގެން ފްލައިޓް އާއި ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމު ކޮށްފެއެވެ.
އެގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސް.ޓީ.އޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީ ގައި ޓެސްޓްކުރާނެއެވެ. މި ބާޖް ތައްޔާރު ކޮށްފައިވަނީ ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ