އެސް.ޓީ.އޯ އިން ތެޔޮ ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެ ބަދަލު ގެނައީ ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން، މިރޭ 12:00 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަން ތަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޮން ބުންޏެވެ.
އަގަށް ގެނައި ބަދަލު:
ޕެޓްރޯލް ލީޓަރެއް 15.14 ރުފިޔާއަށް
ޑީސަލް ލީޓަރެއް 15.70 ރުފިޔާއަށް
މި ބަދަލާ އެކު ޕެޓްރޯލް ލީޓަރަކުން ވަނީ 83 ލާރި އަގުހެޔޮވެފައެވެ. އަދި ޑީސަލް ލީޓަރަކުން 62 ލާރި ވަނީ އަގުހެޔޮކޮށްފައެވެ.
https://twitter.com/stoplc/status/1652750031202705408?s=46&t=xapWNGbbfBd0uN9xb5fzNA
"އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ. މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް ގެންނަމުން ގެންނާނެ ކަންވެސް ފާހަގަ ކުރަމެވެ،" އެސްޓީއޯއިން މިރޭ މީޑިއާތަކަށް ފޮނުވި ޚަބަރުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ