ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގް ރާއްޖެ ވަޑައިގެންފިއެވެ.
ރާޖްނާތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލެވެ. މީގެއިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުވެސް ރާޖްނާތަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެން ހުންނެވިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބައިލެޓްރަލް މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް އަށް ފާސްޓް ޕެޓްރޯލް އުޅަނދަކާއި ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ކުރެއްވި ޓްވީޓެއްގައިވެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް