ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ފޭސް ދޭއްގެ ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައި ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 15:17 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި 20 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މިފަހަކަށް އައިސް ހުޅުމާލޭ ފޭސް ދޭއްގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެސްވެފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި