މާލެ އިން މުދާ ހިފައިގެން މ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ބޯޓުގެ ފަޅުވެރިން ކަނޑުވެފައި ތިއްބާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓުގާޑުން ސަލާމަތް ކޮށްފިއެވެ.
"ސަވާރީ" ނަމަކަށް ކިޔާ އެ ބޯޓު ގެއްލިގެން ހޯދަން ފެށީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. އެމްއެންޑީއެފް އިން ވަނީ އެ ބޯޓު ހޯދުމަށް ކޯސްޓުގާޑުގެ އުޅަނދުތަކުގެ އިތުރުން ހެލިކޮޕްޓަރުގައި ވެސް ބޯޓު ފެނޭތޯ އާއި ފަޅުވެރިން ފެނޭތޯ ބަލައިފައެވެ.
[caption id="attachment_50981" align="alignnone" width="1284"] ސަވާރީ ބޯޓުގެ ފަޅުވެރިން ސަލާމަތްކުރި ސަރަހައްދު ---[/caption]
އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށެވެ. ބޯޓުގެ ފަޅުވެރިން ކަނޑުވެފައި ތިއްބާ ފެނިފައި ވަނީ އެމްއެންޑީއެފް ޑޯނިއާ އެއާ ކްރާފްޓަށެވެ. މި ސަވާރީ ބޯޓުގެ ހަ ފަޅުވެރިން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެ މީހުން ފެނިފައި ވަނީ ކ. އަތޮޅާއި ވ. އަތޮޅާއި ދެމެދުން އިރުމަތީ ބިތުން އޮޔާދަނިކޮށެވެ. ސަވާރީ ބޯޓުގެ ކައްޕިއާ ހަވާލާދީ އެމްއެންޑީއެފް އިން ވަނީ ސަވާރީ ބޯޓު އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތުދީފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ