ދިވެހިންނަށް ވިސާއާ ނުލާ ކެމްބޯޑިއާ އަށް ދަތުރު ކުރެވޭނެ މަގު ތަނަވަސްވެއްޖެއެވެ.
އެކަން އިއުލާން ކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ އާއި ކެމްބޯޑިޔާއާ ދެމެދު މިއަހަރު ޖެނުއަރީ މަހު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެގްރީމަންޓަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން ކެމްބޯޑިޔާ އަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކެމްބޯޑިޔާގެ ބޮޑުވަޒީރަށާއި ކެމްބޯޑިޔާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.
https://twitter.com/abdulla_shahid/status/1654022712510271493?s=20
ރާއްޖޭގެ ޕާސްޕޯޓުގައި ރަޝިޔާ، ޔޫއޭއީ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކަށް މިހާރުވެސް ވިސާ ނެތި ދަތުރުފަތުރު ކުރެވޭނެއެވެ. ރާއްޖޭގެ ޕާސްޕޯޓަކީ ދެކުނު އޭޝިޔާގައި އޮތް އެންމެ ވަރުގަދަ ޕާސްޕޯޓުކަން ފާހަގަކޮށްލެވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ