ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާތީ، ކޮންމެ އެޕާޓްމަންޓެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އާބަންކޯގެ ޕަބްލިކް ރިލޭޝަން މެނޭޖަރ އަހުމަދު މިމްރާހު ވިދާޅުވީ އެކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ އެޕާޓްމަންޓްތައް ދެނެގަނެވި، އެކަންކޮށްފައިވާ ގޮތް ބަލާފައިވާ ކަަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިމްރާހު ވިދާޅުވީ ފާރު ތަޅާލައި ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް އެތަން ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، އެއިން ކޮންމެ އެޕާރޓްމަންޓެއްގެ ވެރިފަރާތް، 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި