ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު، އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ފިލައިފިއެވެ.
ފުލުހުން ބުނީ ފިލާފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ. ޝަރީއަތް ނިމެންދެން ކޯޓުން ބަންދުގެ މުއްދަތު ޖަހަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައެވެ. އެއީ ޖިންސީ ބޮޑެތި ކުށްތަކުގެ ޓެރަރިޒަމާއި މީހުން މެރުންފަދަ މައްސަލަތަކުގައެވެ.
އެ މީހާ ފިލީ ބަންދުކޮށްފައި ހުރި ގޮޅިން ނެރެފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ފިލި މީހާގެ ފޮޓޯއެއް އަދި ވަނަވަރެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ މައްސަލައާ ގުޅިގެން ފަތުރަމުންދާ ބައެއް ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ޕޮލިސް ސްޓޭޝަެއްގެ ތަނެއް ފަޅާލި ކަމަށް ބުނެ ފަތުރަމުންދަނީ ދެތު މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
"ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެއެވެ.
"އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ދޮގު މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން."
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ