ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް، އެ ފްލެޓުން އެޕާޓުމަންޓު ގަނެފައިވާ މީހުން ޝަކުވާ ހުށަހެޅުމަށް ފުލުހުން އެދިއްޖެއެވެ.
ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ކޭޕާކް ރެޒިޑެންސް އިން އެޕާޓުމަންޓު ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ އެ އިދާރާ އަށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ. އެގޮތުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓު ނަންބަރު 9790048 ނަންބަރަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
މިކަމާއި ގުޅިގެން އާބަންކޯ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ “ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ “ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، އެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންނަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ