މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވަކިވާން ނިންމި މެންބަރުން ސަރުކާރުގައި ފުރުއްވަމުން ގެންދަވާ މަގާމުތަކުގައި ދެމި ތިއްބެވުމަށް އެޕާޓީން އެދިއްޖެއެވެ.
އެމްއާރްއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެޕާޓީގެ އިސް މެންބަރަކު އެޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އެއީ އެޕާޓީ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެހެންނަމަވެސް އެ މެންބަރުން ކޮށްދެއްވި މަސައްކަތްތަކަށް އެމްއާރްއެމް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެމްއާރްއެމް އިން ވަކިވި މެންބަރުން:
ޝަޒައިލް ޝިޔާމް: މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ
ތަޒްމީލް އަބްދުއްސަމަދު: އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ރާއިދު: އެމްއައިޓީސީގެ މެނޭޖިންގ ޑިރެކްޓަރު
އިބްރާހިމް ފަރުހާދު: ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޑިރެކްޓަރު
މުހައްމަދު ފައިސަލް: ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު
އިސްމާއިލް ނާއިލް ނަޝީދު: ހެރިޓޭޖު މިނިސްޓްރީގެ ޑިރެކްޓަރު
އަބްދުލް ހަމީދު އަހުމަދު: ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު
މި މެންބަރުން އެކުވެ މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ހީލަތްތެރި މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި މަސައްކަތް ކުރާ ބަޔަކު އެމްއާރްއެމް "ހައިޖެކް" ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެބޭފުޅުން ވިދާޅުވެފައި ވަނީ އެމްއާރްއެމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގައި މި ހިނގާ ދައުރުގައި، މި ސަރުކާރު ވެރިކަމަށް ގެނައުމަށް މުހިއްމު އަދި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެޕާޓީގެ ބައެއް މެންބަރުންގެ ފަރާތުން ފެނިގެން ދަނީ ކޯލިޝަންގައި ދެމި ތިބެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިޙާއި އެމަނިކުފާނަށް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާތަން ކަމަށް ބަޔާނުގައިވެއެވެ.
އެމްއާރްއެމް އިން ވަނީ އެޕާޓީން އެބޭފުޅުން ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރުމަށް ފޮނުވީ އެއީ ގާބިލް ބޭފުޅުންތަކަކަށް ވާތީ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން މަގާމުގައި ދެމި ތިއްބެވުމަށް ވަނީ އެދިފައެވެ.
އެޕާޓީން ބުނީ އެމްއާރްއެމް އުފެދިގެން އައީވެސް އަދި ކުރިޔަށް ދާނީވެސް ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ