ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފެށުމާއެކު ހުވަދު އަތޮޅުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާ އިން ކުރާ ހޭދަ އާއި އުފުލަންޖެހޭ ތަކުލީފަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަދު ވަނީ ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފައެވެ.
އެ ހިދުމަތް ފެށުމާއި ގުޅިގެން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން “ހަތާވީސް” އަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ އެހީގައި ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.
ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ދައުރު ފުޅާކޮށް ހިދުމަތް މެދު ނުކެނޑޭނެ ގޮތަކަށް އެކުންފުންޏާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް ދޭން ފައްޓަވައި ދެއްވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ. އެ ރަސްމިއްޔާތުގައި އޭނާ ވަނީ ކީމޯގެ ހިދުމަތަކީ އެހޮސްޕިޓަލުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.
ރާއްޖެ އަކީ ނިސްބަތުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ގިނަ ގައުމެކެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ކީމޯގެ ހިދުމަތް ދިން ނަމަވެސް ތިނަދޫ ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި މި ހިދުމަތް ދޭން ފެށި ފުރަތަމަ ހޮސްޕިޓަލެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ