ޔޫތް މިނިސްޓްރީގެ މަސައްކަތަކީ ހަމައެކަނި ކުޅިވަރު ކުޅުން ނޫން ކަން ކަށަވަރުކޮށް ދެވިއްޖެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެއެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ވަޒީރުކަމާ ހަވާލުވީ ދުވަހުން ފެށިގެން ފާޑުކިޔުންތައް އަަމާޒުވީ ޔޫތް މިނިސްޓްރީން ހަމައެކަނި އަހައްމިއްޔަތުކަން ދެނީ ކުޅިވަރުތަކަށް ކަމަށް ބުނެއެވެ. އެކަމަކު މިއަދު އެކަން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިދިޔަ ހަތަރު އަހަރު ދުވަހު މި ހިސާބަށް އާދެވެނުއިރު އަޅުގަނޑު ޔަގީންކޮށް ބުނަން ކެރޭ މިއަދު ޔަގީންކޮށްދެވިއްޖެކަން ޔޫތް މިިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑާއި ކުޅިވަރުކުޅުން ނޫންކަން" ވިދާޅުވިއެވެ.
[caption id="attachment_51125" align="alignnone" width="2560"] ފަރުވާ ފެސްޓިވަލްގައި ހުޅުވާފައިވާ ސްޓޯލްތައް ރައީސް ބައްލަވާލައްވަނީ، އަދި އަރިހުގައި މިނިސްޓަރ މަހުލޫފް-- ފޮޓޯ/ ރައީސް އޮފީސް[/caption]
ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް އާޓިސްޓުންގެ ފެސްޓިވަލްކަން ހުޅުވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި މަހުލޫފް ވިދާޅުވީ އެ ފެސްޓިވަލުން ހާމަވެގެން ދަނީ މީގެ ކުރިން އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެވި އޮތް ކަމެއްގައި ސަރުކާރުން ދިން ސަމާލުކަން ކަމަށެވެ. އަދި ފަންނުވެރިން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކަމަށެވެ.
"އާޓިސްޓު ކޮމިއުނިޓީއާ އެކު މި ގާއިމްކުރެވުނު ބުރިޖަކީ އެއްކޮށް މަސައްކަތްކޮށްގެން މިއަށްވުރެ ގިނަ މިއަށްވުރެ ފުރިހަމަކޮށް ކަންތައްތައް ކުރެވުމަށް މަގު ފަހިވެގެންދާނެ ކަމެއް،" މަހުލޫފް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެ ފެސްޓިވަރަލަކީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެފައިވާ ކަމަށެވެ. ޒުވާނުންނާ ގުޅުންހުރި ކަންތައްތައްކުގައި ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން މަހުލޫފް ދެއްވިއެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރައްވާނެ ކަމަށެވެ.
[caption id="attachment_51121" align="alignnone" width="2560"] އާޓް ފެސްޓިވަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިންފޮޓޯ/ ރައީސް އޮފީސް[/caption]
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލްގައި، 8 ގައުމެއް ހިމެނޭ ގޮތަށް 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ