ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ އިބްރާހީމް ފައިހް ނިޒާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މީގެކުރިން ފައިހު އަށް ޖެހި 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން އަލުން ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުންނެވެ.
ކޯޓުން އެގޮތަށް ނިންމީ އޭނާގެ ފަރާތުން މުޖުތަމައު އަަށް ނުރައްކާ އޮތް ކަމަށް ބެލެވޭ ކަމަށަ ދައުލަތުން ބުނުމުން އެކަމަށް ރިއާޔަތްކޮށެވެ.
ފައިހު އަކީ ފުލުހުންނަށް ފިލައިގެން އުޅުނު މީހެކެވެ. ފުލުހުން އޭނާ ހޯދަން އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހުއެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.
އޭނާ ފުލުހުންނާއި ހަވާލުވީ އަމިއްލަ އަށެވެ. އެއީ މިދިޔަ މާޗު މަހުގެ 22ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ